ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް "ޕިކްނިކް އައިލެންޑް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް" ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން eportal.msfd.gov.mv މެދުވެރިކޮށް ރަޖިސްޓްރީކުރަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ހާއްސަ ކޮށްދެއްވާނެ ކަމަށެވެ.
"މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ ރައްޔިތުންގެ ގެސްޓް ހައުސްތަކާއި އެކަހަލަ ކަންކަމަށް، ގެސްޓުންނަށް ޕިކްނިކް ދާން ހާއްސަ ކުރާނަން،" ރައީސް ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް