އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 14 ވަނަ ނަސީބުވެރިޔާ އިއުލާންކޮށްފިއެވެ.

އުރީދޫގެ އަހަރީ ދުވަހުގެ ކެމްޕެއިންގެ 14 ވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މ. މުލަކަށް ނިސްބަތްވާ ނުޒުހާ އިބްރާހީމެވެ. ނުޒުހާއަށް އެ ލަކީ ޑްރޯގައި އިނާމެއްގައި ލިބިފައިވަނީ އުމްރާ ދަތުރެކެވެ.

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.

އެ ހާއްސަ ޕްރޮމޯޝަންގެ ދަށުން؛

  • ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ
  • ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައި
  • މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ ދެ މީހަކަށް ހައްޖު ދަތުރެއް

އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށްވުރެ މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން

ވިހި އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އުރީދޫން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލުކޮށްފައެވެ. އެ ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ https://discover.ooredoo.mv/live-unlimited ފޮލޯކުރުމަށް އުރީދޫން އެދެއެވެ.