މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރަމުންދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:27 ހާއިރު ލިބިފައިވާ ކަމަށެވެ.
ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ކަމަށާއި އަނެއް ދެ މީހުން މިހާތަނަށް ފެނިފައިނުވާ ކަމަށެވެ. ގެއްލިގެން ހޯދަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި، ގެއްލުނު މީހުން ހޯދުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް