ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ކެމަރޫން ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް، އެގައުމުގެ ކުރީގެ ކުޅުންތެރިޔާ ސަމިއުލް އެޓޫއަށް އަދަބު ދޭން ނިންމައިފިއެވެ.
އެޓޫ ހަތަރު މެޗަށް ބޭންކޮށް، ޖޫރިމަނާ ކުރުމަށް ކާފްއިން ނިންމާފައި ވަނީ ކެމަރޫނުން މޮރޮކޯ ކައިރިން 2-0 އިން ބަލިވި މެޗުގެ ތެރެއިން، ވީއައިޕީ ބޮކްސް ތެރޭގައި ހުރެ ރެފްރީއަށް ފާޑު ކިޔާފައިވާތީއެވެ. އޭރު ވީއައިޕީ ބޮކްސްގައި ކާފްގެ ރައީސް ޕެޓްރީސް މޮޓްސެޕޭވެސް އިން އިރު، ރެފްރީއަށް އިޝާރާތްކޮށް އެޓޫ ނުރުހުން ފާޅުކުރި ކަމަށް ކާފްއިން ބުންޏެވެ.
އެމެޗުގެ ތެރެއިން ކުޅުންތެރިންގެ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތަކެއް ހިނގާފައިވާ އިރު، ކާފްއިން ކުރިން ބުނީ އެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އެޓޫއަށް ފިޔަވަޅު އެޅީ ރެފްރީންނަށް އިންޒާރު ދީ، ގަވާއިދާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ކަމަށްވެސް ކާފްއިން ބުންޏެވެ.
ކާފްގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވަނީ ކެމަރޫން ފެޑަރޭޝަންގެ ރައީސް އެޓޫ، ހަތަރު މެޗަށް ބޭންކޮށް، 20،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
އެ ފިޔަވަޅާ މެދު ކެމަރޫން ފެޑަރޭޝަނުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ކެމަރޫންގެ ފުޓުބޯޅަ އިދާރާއިން ބުނީ އެ މައްސަލައިގައި ފިޔަވަޅު އަޅާފައި ވަނީ މާ ބޮޑު ހެއްކެއް ނެތި ކަމަށެވެ. އަދި ކާފްއިން އެކަމުގައި އިތުރަށް ކަންކަން ސާފުކޮށްދޭން ޖެހޭނެ ކަމަށްވެސް ކެމަރޫން ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން