ރައީސް ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އުފައްދަވައި، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަލަށް އުފެއްދި މޯލްޑިވްސް ޑިޖިޓަލް ސާވިސް ހިންގާނީ، ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ކަމަށެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދާފައިވަނީ ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓު ތަންފީޒުކުރުމާ ގުޅޭގޮތުން ކެބިނެޓުން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި ހިމެނޭ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާގެ ގޮތުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެންސީއައިޓީ ކުރަމުންދިޔަ މަސައްކަތްތައްވެސް މީގެފަހުން ކުރަމުންދާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު