ބަންގްލަދޭޝްގައި މިއަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެގައުމަށް ދަތުރުކުރާއިރު ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މަޑުޖައްސާލަން ނިންމި ނިންމުން އަނބުރާ ބަދަލުކޮށް ވިސާ ނަގަން ނުޖެހޭ ގޮތަށް ބަދަލުކޮށްފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮން އެރައިވަލް ވިސާ ދޫކުރުން މަޑުޖައްސާލަން ބަންގުލަދޭޝްގެ ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، މިއަންނަ ބުރާސްފަތިން ފެށިގެން 15 ފެބްރުއަރީގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ ހުރިހާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ" ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ