ރާއްޖެއަށް 60 ފަހަރަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ޓޫރިސްޓު ދެމަފިރިއަކު ރާއްޖޭގައި މަރުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ "ޑެއިލީ މެއިލް ނޫހުން" ރިޕޯޓުކޮށްފައިވާ ގޮތުގައި އެދެމަފިރިން މަރުވެފައިވަނީ ޗުއްޓީ ހޭދަކުރަމުންދިޔަ އެއްލައިދޫ ރިސޯޓު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ހިނގި ހާދިސާއެއްގައެވެ. އެ ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހު 19ގައި ކަމަށެވެ.
އުމުރުން 70 އަހަރުގެ އިލެއިން ރިޗްމަންޑާ އެދުވަހު މަރުވެފައިވާ އިރު އޭނާގެ ފިރިމީހާ މެލްކަމް ރިޗްމަންޑް މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ތިން ދުވަސް ފަހުން ކަމަށެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި އެ ހާދިސާގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހުންގެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެދެމަފިރިންގެ ޖަނާޒާގެ ކަންތައް މިމަހު 29ގައި އިނގިރޭސީވިލާތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
"ހޮލިޑޭމޭކާސް" ކިޔާ ފޭސްބުކް ގްރޫޕެއްގައި އެ ދެމަފިރިންނާ ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ގްރޫޕްގެ އެ ދެ މެންބަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އެ ދެމެފަރިން މަރުވުމަކީ އެއްލައިދޫ ގްރޫޕަށް އަދި އެތައް ބަޔަކު ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ 17 އަހަރު އެ ދެމަފިރިން ކްރިސްމަސް ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ތިން ފަހަރު ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެ ރިސޯޓުގެ މުވައްޒަފުންނާ އެމީހުންނާ ދެމެދު ގާތް ގުޅުމެއް އޮންނަކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އާއިޝަތު މާހާ
ހައްޖު ކޯޕަރޭޝަން
ރިޕޯޓް