ބަންގްލަދޭޝްގެ އިންތިހާބަށް ދިމާކޮށް އޮން-އެރައިވަލް ވިސާ މެދުކަނޑާލުމަށް އެ ގައުމުން ނިންމާފައިވާތީ، ދިވެހިން ވިސާ ނަގައިގެން އެ ގައުމަށް ދިއުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، މިއަންނަ ބުރާސްފަތިން ފެށިގެން 15 ފެބްރުއަރީގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ ހުރިހާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ" ފޮރިން މިނިސްޓްރީން ބުންޏެވެ.
ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާއާ ގުޅޭ މައުލޫމާތު ލިންކުން ލިބެން ހުންނާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ