ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމަށް ރާއްޖެއިން ދެމުން އަންނަ ސީ-ޓު-އެއާ ކާގޯގެ ހިދުމަތުގެ ދަށުން 329 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްގެ އެކްސްގައި ހިއްސާކުރި ވީޑިއޯގައިވާ ގޮތުން ސީ-ޓު-އެއާ ކާގޯ ހިދުމަތުގައި 2025 ޑިސެމްބަރުގައި 329 ޓަނުގެ މުދާ 20 ގައުމަކަށް ފޮނުވާފައި ވަނީ ދިހަ އެއާލައިން މެދުވެރިކޮށެވެ.
ސީ ޓު އެއާ ކާގޯ ހިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް އެމްއޭސީއެލުން 2024 ވަނަ އަހަރު ފެށި ހިދުމަތެކެވެ.
2025 މާޗު މަހު އެމްޕީއެލް އިން ތައާރަފްކުރި ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ކާގޯގެ ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓް ފޮނުވީ 2025 މެއި މަހުގެ ތެރޭގައެވެ.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް