ވެނެޒުއެލާގައި ތިބި އެމެރިކާ މީހުން ފޭބުމަށް އަންގައިފިއެވެ.
ވެނެޒުއޭލާގެ ރައީސް މަޑޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށް އެމެރިކާގައި ޝަރީއަތް ފަށާފައިވާ އިރު، ވެނެޒުއޭލާގެ އެތެރޭގެ ހަމަނުޖެހުން އުފެދެން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން ވެނެޒުއޭލާއާ ދެކޮޅަށް ފެށި އޮޕަރޭޝަނަށްފަހު އެގައުމުން އިއްޔެ ވަނީ ވެނެޒުއެލާގައި ތިބި އެގައުމުގެ ރައްޔިތުން ވީހާވެސް އަވަހަށް ގައުމުން ފޭބުމަށް އަންގައި ސެކިއުރިޓީ އެލާޓެއް ނެރެފައެވެ.
އެމެރިކާއިން ނެރުނު އެލާޓުގައި ވާގޮތުން ވެނެޒުއޭލާގައި ދިރިއުޅޭ އެމެރިކާ މީހުންނަށް އެގައުމުގައި ރައްކާތެރިކަމެއް ނެތް ކަމަށާއި އިމަޖެންސީ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް މިއީ ދަތި ދަނޑިވަޅެއް ކަމަށެވެ.
އެމެރިކާއިން ވަނީ ހަތިޔާރު އެޅި ގުރޫޕުތަކުން ވެނެޒުއެލާގެ މަގުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަންވެސް ފާހަގަކޮށްފައެވެ.
ވެނެޒުއޭލާއަށް ބައިނަލްއަގުވާމީ ދަތުރުތައް ފަށާފައިވާ އިރު އެމެރިކާއިން ވަނީ ވެނެޒުއެލާގައި ތިބި އެގައުމުގެ ރައްޔިތުން ފޭބުން އަވަސް ކުރުމަށް ގޮވާލައިފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ނެރޭ ދަތުރުކުރުން ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓަށް ވެނެޒުއެލާ ވަނީ ހިމަނައިފައެވެ.
މުހައްމަދު އައުޒަމް
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުށް