މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސްކޭމް މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން ނިމިދިޔަ ޑިސެމްބަރު މަހު ސްކޭމްތަކުގެ މައްސަލަވަނީ ގިނަވެފައެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ސްކޭމްގެ 179 މައްސަލައެއް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުގައިވެއެވެ.
ތަފާސްހިސާބުގައިވާ ގޮތުން އެ 179 މައްސަލައިގެ ތެރެއިން ފައިސާ ރިކަވާ ކުރެވިފައިވަނީ 89 މައްސަލައެއްގައެވެ. ބާކީ 45 މައްސަލައިގައި ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ރިކަވާކުރެވުނުކަމަށް ތަފާސްހިސާބުގައިވެއެވެ.
އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމަށާއި، އެފަދަ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުގައި ދައްކައެވެ. އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައެއް، ފައިސާ މާރުކުރުމުގެ ފައިސާ ހޯދި 31 މައްސަލައެއްގެ އިތުރުން ފިޝިން ވިޝަން އަދި ވަޒީފާގެ ސްކޭމްތަކުގެ 16 މައްސަލައެއް، އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުގައި ބުންޏެވެ.
އެ މައްސަލަތުގެ އިތުރުންވެސް 16 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުގައިވެއެވެ.
ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުން އެ މައްސަލަތަކުގައި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވަނީ ލިބިފައެވެ. ތަފާސްހިސާބުގައިވާ ގޮތުން އެންޓި ސްކޭމް ސެންޓަރުންވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ސްކޭމްތަކުގައި ހިމެނޭ ހަތަރު މިލިއަން ރުފިޔާ ރިކަވާކޮށްފައެވެ. ރިކަވާކުރި ފައިސާތަކުގެ ތެރޭގައި ނޮވެމްބަރުމަހުގެ ސްކޭމް މައްސަލަތަކުގައި ހިމެނޭ ފައިސާވެސް ހިމެނެއެވެ.
ސައިބާ ކްރައިމް ސެންޓަރުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް އެންޓި ސްކޭމް ސެންޓާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެފައިވަނީ ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި، ސްކޭމްތަކުގެ ތެރެއިން ގެއްލުނު ފައިސާގެ 37 ޕަސެންޓު އަނބުރާ ހޯދާފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް