އުމްރާގެ އަޅުކަމުގައި އުޅުނު އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.
އަލް ސަފާ ގްރޫޕުން މިއަދު "ވަން" އަށް ބުނީ އެ ގްރޫޕުގެ ފަރާތުން އުމްރާ ކުރަން އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން މަރުވެފައިވަނީ ހދ. ވައިކަރަދޫ، އިބްރާހިމް ރަޝީދު (80އ.) ކަމަށެވެ. އޭނާ މަރުވެފައިވަނީ ރޭގެ މަގުރިބު ނަމާދު ބަންގީގެ ފަހުން ކަމަށެވެ.
ރަޝީދު ވަނީ އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގައި މަސައްކަތް ކުރައްވައިފައެވެ. އޭނާ ވަނީ ދައުލަތަށް 36 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު މީޑިޔާތަކަށް ބުނީ މިހާތަނަށް ދިވެހި ދެ އުމްރާވެރިޔަރު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ދެ ފިރިހެނުން ކަމަށާއި އެމީހުންގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މަރުވެފައިވަނީ ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕުގެ ބެލުމުގެ ދަށުން އުމުރާކުރަންދިޔަ ދެ އުމްރާވެރިން ކަމަށެވެ.
ހިޖާޒް އުމްރާ ގުރޫޕުން މިމަހުގެ ހަތަރުވަނަ ދުވަހު "ވަން" އަށް ބުނީ އެ ގްރޫޕުގެ ފަރާތުން އުމްރާގެ އަޅުކަމުގައި އުޅުނު ދިވެއްސެއް މިމަހުގެ ތިން ވަނަ ދުވަހުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އދ. މަހިބަދޫ ސެވަންސްޓާގޭ/ އަބްދުﷲ ނާސިރު ހަސަން (72އ.) އެވެ.
ދެ އުމްރާވެރިން މަރުވެފައިވާ ހަބަރު މީޑިޔާތަކަށް އިސްލާމިކް މިިނިސްޓްރީން ހިއްސާކުރިއިރު އެޑްމިޓްކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިއްޔެގެ ވަގުތެެއްގައެވެ.
ފާތިމަތު ލިއުޝާ
އުމްރާގެ އަޅުކަން
އުމްރާގެ އަޅުކަން
އުމްރާގެ އަޅުކަން
"މަރުވެއްޖެ" ލިއުމުގެ ބަދަލުގައި " ނިޔާވެއްޖެ" ލިއުނު ނަމަ ބައެއް ގައިރު މުސްލިމުން މަރުވުމުން "ނިޔާވެއްޖެ" ލިޔާކަމީ ހިތާމަ ކުރާކަމެއް
ކިއުންތެރިއެއ - 5 މަސް ކުރިން