ރަސްމާލޭ ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓްގެ ދަށުން ރަސްމާލޭ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތުގެ 64 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލުން މީޑިއާތަކަށް މިއަދު ހިއްސާކުރި މައުލޫމާތުގައި ބުނީ، ރަސްމާލޭ ސައިޓް އޭ ގައި 138 ހެކްޓަރުގެ ތެރެއިން 64 ހެކްޓަރުގެ ބިން ހިއްކައި އެއްކޮށް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ބިންހިއްކުމުގެ ސައިޓް އޭ ހިއްކަން ފެށީ 2025 ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ރަސްމާލެ މިހާރު ހިއްކަމުން ދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިން ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ. އެއީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.

ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ތިން ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 2024ގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.