ވެނެޒުއެލާގެ ރައީސްކަމުގައި އަދިވެސް ހުންނެވީ އެމަނިކުފާނު ކަމަށް އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ އޯޑަރަކަށް އެމެރިކާ ސިފައިން ވެނެޒުއެލާގައި ހިންގި އޮޕަރޭޝަނަކަށްފަހު މަޑޫރޫ ހައްޔަރުކޮށް ނިއުޔޯކުގައި ވަނީ ބަންދުކޮށްފައެވެ.
މަޑޫރޯގެ މައްޗަށް ނިއުޔޯކްގެ ކޯޓުގައި ދައުވާ އުފުލާފައިވާ އިރު އެކޯޓުގެ ފުރަތަމަ އަޑުއެހުމުގައި މަޑޫރޯ ވަނީ އޭނާއަކީ މިހާރު ވެސް ވެނެޒުއެލާގެ ރައީސް ކަމަށާއި އޭނާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މަޑޫރޯގެ މައްޗަށް ނޮއުޔޯކުގެ ކޯޓުގައި ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އިއްޔެގެ އަޑުއެހުމުގައި މަޑޫރޯގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ވެސް ވަނީ މަޑޫރޯގެ އަރިހުގައި ކޯޓަށް ހާޒިރުކޮށްފައެވެ.
އެމެރިކާއިން މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް އެމެރިކާގެ ކޯޓެއްގައި މައްސަލަ ބަލަން ފަށާފައިވާ އިރު އެދައުވާ ތަކުގެ ދެވަނަ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.
މުހައްމަދު އައުޒަމް
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުށް