ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން މިހާރު ދަނީ ރާއްޖެއަށް 900 އެއްހާ ބޭސް އެތެރެކުރަމުންކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ މީގެކުރިން އެސްޓީއޯއިން އެތެރެކުރަމުން އައިސްފައިވަނީ 200 އެއްހާ ބޭސް ކަމަށެވެ.
"އެއްކަމަކަށް އެސްޓީއޯގެ މައި ސަޕްލައި ވަރުގަދަކުރުން. އަޅުގަނޑުމެންނަށް އެތަށް ޕަސެންޓޭޖެއް އިތުރުކުރެއްވިއްޖެ، ރާއްޖެއަށް އެސްޓީއޯއިން އެތެރެކުރާ ބޭހުގެ. ކުރިން ގާތްގަނޑަކަށް 200 އެއްހާ ބޭސް އެތެރތެކުރަމުންދާ ނަމަ، މިހާރު އަޅުގަނޑުމެންނަށް 800، 900 އެއްހާ ބޭސް އެސްޓީއޯއިން އެތެރެކުރަމުން، އެކި ތަފާތު ވައްތަރުގެ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޓްރީޓްމެންޓް ގައިޑް ލައިންސްތައް ވަރުގަދަކޮށް، މިދިޔަ އަހަރު މުޅިން އަލަށް 41 އެއް ފަރުވާއެއްގެ ގަވައިދުތައް އެކުލަވާލާ އެކަމަށް މީހުން ތަމްރީނުކޮށްފައިވާނެ ކަމަށެވެ.
"ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލީމަ ވެގެންދާނެ ގޮތަކީ، މިފަދަ ޓްރީޓްމެންޓެއްގައި އާންމުކޮށް ބޭނުންކުރާނީ ކޮންބޭހެއްކަން ކޮންމެ ޑޮކްޓަރަކަށް އިނގިގެންދިއުން" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުވެގެން ދިއުމުން ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުވެސް އިތުރުވެ ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓު ފުޅާވެގެންދާނެ ކަމަށެވެ.
ފާތިމަތު ލިއުޝާ
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް