ރަސްމާލޭ ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓްގެ ދަށުން ރަސްމާލޭ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތުގެ 56 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލުން މީޑިއާތަކަށް މިއަދު ހިއްސާކުރި މައުލޫމާތުގައި ބުނީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 56 ހެކްޓަރުގެ ބިން ހިއްކައި އެއްކޮށް ނިމިފައިވާ ކަމަށެވެ.
ރަސްމާލެ ބިންހިއްކުމުގެ ސައިޓް އޭ ހިއްކަން ފެށީ 2025 ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ރަސްމާލެ މިހާރު ހިއްކަމުން ދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިންކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ. އެއީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ތިން ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 2024ގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ފާތިމަތު ލިއުޝާ
ރަސްމާލެ
ރަސްމާލެ