ސުވިޒަލެންޑުގެ ރިސޯޓެއްގައި އެއްޗެއް ގޮވައި 40 މީހުން މަރުވެއްޖެއެވެ.
އޮފިޝަލުން ބުނާގޮތުގައި ސުވިޒްލެންޑުގެ ހުޅަނގު ދެކުނުގައި އޮންނަ ރިސޯޓެއްގެ ބާ ގައި ގޮވި ގޮވުމާއެކު އެ ސަރަހައްދުގައި އާ އަހަރު ފާހަގަކުރުމަށް ތިބި މީހުންނާއެކު ގޮވައިގެން ދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.
ރިސޯޓުގައި އެއްޗެއް ގޮވި ހާދިސާގައި 100 މީހަކަށް އަނިޔާވެފައިވާ އިރު، ގިނަ ބަޔަކަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް އިދާރާތަކުން ގުޅިގެން މަސައްކަތް ފަށާފައިވާ އިރު، އޮފިޝަލުން ވަނީ މިހާތަނަށް ބެލި ބެލުމުން އެއީ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ އެކްސިޑެންޓެއް ކަމަށް އަދި ޔަގީން ނުކުރާ ކަމަށާއި އެއީ ހަމަލާއެއް ކަމަށްވެސް އަދި ނުނިންމާ ކަމަށް ބުނެފައެވެ. ސުވިޒްލެންޑުގެ އިދާރާތަކުން ވަނީ އެ ހާދިސާގެ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފާހަގަކޮށްފައެވެ.
ސުވިޒްލެންޑުގެ ރިސޯޓުގައި ގޮވި ހާދިސާގެ ސަަބަބުން މަރުވި މީހުން ނިސްބަތްވާ ގައުމުތައް ހޯދައި ކަމާބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރަން ފަށާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ސުވިޒަލެންޑް
ސުވިޒަލެންޑް
ސުވިޒަލެންޑް
ސުވިޒަލެންޑް