ކަނޑުއަޑީގެ ކޭބަލަކަށް ގެއްލުން ދިން މައްސަލައިގައި ބޯޓެއް ހިފަހައްޓައިފިއެވެ.

ފިންލެންޑުގެ ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން ހިފަހައްޓާފައި ވަނީ ފިންލެންޑާއި އެސްޓޯނިއާއާ ދެމެދު އަޅާފައިވާ ޓެލެކޮމިއުނިކޭޝަން ކޭބަލަކަށް ގެއްލުން ދިން ބޯޓެކެވެ.

އެ ބޯޓުގެ ނަގިލި ވެއްޓުމުގެ ސަބަބުން އެ ކޭބަލަށް ގެއްލުން ވެފައިވާ ކަމަށާއި ގެއްލުން ވެފައިވަނީ ފިންލެންޑާއި އެސްޓޯނިއާ ގުޅޭ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ކޭބަލަކަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފިންލެންޑުގެ ފުލުހުން ބުނީ އެ މައްސަލައިގައި ފިޓްބާގް ނަމަކަށް ކިޔާ އެ ބޯޓު ހިފަހައްޓައި، އޭގެން ދަތުރުކުރި 14 ކުރޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް ރަޝިޔާއަށް ނިސްބަތްވާ މީހުން ކަމަށް ފިންލެންޑު ފުލުހުންގެ ބަޔާނުގައިވެއެވެ.

ބޯޓު ޓްރެކް ކުރާ ވެބްސައިޓު ''މެރިން ޓްރެފިކް'' ގައިވާ ގޮތުން އެ ބޯޓަކީ ރަޝިޔާއިން އިސްރާއީލަށް ދަތުރުކުރި ބޯޓެކެވެ. އެ ބޯޓު ފިންލޭންޑާއި އެސްޓޯނިއާ ކަނޑުގެ ސަރަހައްދުގައި ނަގިލި އެޅި މައްސަލަ ވެސް ތަހުގީގުކުރަން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.