2020 ވަނަ އަހަރު އަންހެނަކަށާއި، 18 އަހަރުން ދަށުގެ ކުޑަ ތިން އަންހެން ކުދިންނަށް ރުގުޔާ ކުރުމުގެ ނަމުގައި ޖިންސީ ގޯނާ ކުރި ދެ މީހުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ދެ މީހުންނަކީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއީލް ވަހީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލް އެވެ. އެ ދެ މީހުންނަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 30 ޑިސެމްބަރު 2020ގަ އެވެ.
އެ މައްސަލައިގައި ދެ މީހުންގެ މައްޗަށް ޖުމްލަ 12 ދައުވާއެއްވަނީ ކޮށްފަ އެވެ. އަދި އެ ހުރިހާ ދައުވާއެއް ސާބިތުވާކަމަށް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
އަސީލްގެ މައްޗަށް ހުށަހެޅި 7 ދައުވާ ސާބިތުވެ އޭނާ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ވަހީދުގެ މައްޗަށް ހުށަހެޅި 5 ދައުވާ ސާބިތުވެ އޭނާ 6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު