އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އިސްމާއިލް ސާޖިދު ސަސްޕެންޑް ކޮށްފިއެވެ.
އެކަން ސާޖިދު ވަނީ މިއަދު "ވަން"އަށް ކަށަވަރުކޮށް ދެއްވައިފައެވެ. ސާޖިދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު "ގޭގައި މަޑުކުރަން" އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމާ ބެހޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
އެފްއައިޔޫގެ ވެރިޔަކަށް ސާޖިދު ހަމަޖައްސާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 3ގައެވެ.
އޭނާ އެ މަގާމަށް ބަދަލުކޮށްފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރުމަށްފަހުގައެވެ.
އަޝްރަފްގެ މަގާމު ބަދަލުކޮށްފައި މިވަނީ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް، ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިފަހުންނެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް