އިޓަލީ ލީގުގައި ރޭ އޭސީ މިލާނާއި ނަޕޯލީގެ އިތުރުން އިންޓަ މިލާނުން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮށްފިއެވެ.
އިޓަލީ ލީގު ތާވާލުގެ އެއްވަނައަށް ވާދަކުރަމުންދާ ތިން ޓީމުންވެސް ރޭ މޮޅުވެފައިވާ އިރު، އިންޓައިން އެޓަލާންޓާ ކައިރިން މޮޅުވީ 1-0 އިންނެވެ. އަދި މިލާނުން އަމިއްލަ ދަނޑުގައި ހެލާސް ވެރޯނާ ބަލިކުރީ 3-0 އިންނެވެ. އޭގެ އިތުރުން ނަޕޯލީން ކްރެމޮނީސް ބަލުކުރީ 2-0 އިންނެވެ.
އޭސީ މިލާނުން ކުޅުނު މެޗުގެ ކުރީކޮޅުގައި ހަމަލާތައް މަދުން ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމެން ދަނިކޮށް ލީޑު ނެގީ ކްރިސްޓިއަން ޕުލިސިޗް ޖަހައިދިން ގޯލުންނެވެ.
އެ ގޯލާއެކު ދެވަނަ ހާފަށް ނުކުމެ، މިލާނުން ލީޑު ފުޅާކުރީ ކްރިސްޓޮފާ އެންކުންކޫގެ ޕެނަލްޓީއަކުންނެވެ. އޭގެފަހުންވެސް މިލާނުން މޮޅަށް ކުޅުނު އިރު، އެޓީމުގެ ތިންވަނަ ގޯލުވެސް ޖެހީ އެންކުންކޫއެވެ.
ނަޕޯލީން ރޭ ކުޅުނު މެޗުގައި އެޓީމުގެ ދެ ގޯލުވެސް ޖެހީ ރަނގަޅު ފޯމެއްގައި ހުރި ރަސްމުސް ހޮއިލުންޑެވެ. މިހާތަނަށް ސެރެއާ އޭގައި ހޮއިލުންޑް ކުޅުނު 12 މެޗުން ހަ ގޯލު ޖަހާފައިވާ އިރު، މިދިޔަ ސީޒަނުގައި އެއްކޮށްވެސް މެންޗެސްޓާ ޔުނައިޓެޑަށް އޭނާ ޖަހައިދިނީ ޖުމުލަ ހަތަރު ގޯލެވެ.
އިންޓައިން ކުޅުނު މެޗުގައި ހަނި މޮޅެއް ހޯދި އިރު، އެ މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒެވެ. އެއީ ދެވަނަ ހާފުގައެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ