އެކަނި ދަރިން ބަލައްޓާ މައިން ނުވަތަ ބަފައިންނަށް އެލަވެންސްގެ ގޮތުގައި ކޮންމެ މަހަކު ލިބޭނީ ގިނަވެގެން 12،000 ރުފިޔާ ކަމަށް ކަނޑައަޅައި މިއަދު ގަވާއިދު އިސްލާހުކޮށްފިއެވެ.
އެންސްޕާއިން އިއްޔެ ގެޒެޓުކުރި "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުން ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000 ރުފިޔާ ދޭނެއެވެ. ގަވާއިދުގައިވާ ގޮތުން އެ އަށް ވުރެ އިތުރުވާ ނަމަ އިނާޔަތް ދޭނީ ކުއްޖަކަށް 1،000 ރުފިޔާގެ މަގުން ކަމަށް ކަނޑައަޅައި މަހަކު 15،000 ރުފިޔާއަށް އިތުރުނުވާ ގޮތަށެވެ.
ނަމަވެސް މިއަދު އެންސްޕާއިން ގަވާއިދު އިސްލާހުކޮށް ވަނީ އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ އަދަދަކީ 12،000 ރުފިޔާ ކަމަށް ކަނޑައަޅައިފައެވެ. އަލަށް ގެނައި އިސްލާހުގައިވާ ގޮތުން އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000 ރުފިޔާއެވެ.
އެ އުސޫލަށް މިއަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
މުހައްމަދު އިޝާން
އެންސްޕާ
އެންސްޕާ
އެންސްޕާ