ކުރިން ފްރާންސަށް ކުޅުނު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޒައިނައްދީން ޒިދާންގެ ދަރިފުޅު، ލޫކާ ޒިދާނަށް އަލްޖީރިއާއަށް ކުޅެން ހިތްވަރު ދިނީ ކާފަ ކަމަށް އޭނާ ބުނެފިއެވެ.
ލޫކާގެ ބައްޕަ، ޒައިނައްދީން ޒިދާނަކީ ފްރާންސް ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު 1998 ވަނަ އަހަރު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. ހާއްސަކޮށް، އެފަހަރު ޕެރިހުގައި ކުޅުނު ފައިނަލްގައި ބްރެޒިލުން ފްރާންސް ބަލިކުރީ 3-0 އިންނެވެ. ފައިނަލުގައި ޒައިނައްދީން ޒިދާން ވަނީ ދެ ގޯލް ޖަހައިފައެވެ.
އޭގެ އިތުރުން ޒައިނައްދީން ޒިދާނާއެކު ފްރާންސުން ވަނީ 2000 ވަނަ އަހަރުގެ ޔޫރޯވެސް ހޯދައިފައެވެ.
ޒައިނައްދީން ޒިދާންގެ ދަރި ލޫކާއަކީ ގޯލްކީޕަރެކެވެ. ކުރިން ފްރާންސް ޔޫތު ޓީމަށް ކުޅުނު ނަމަވެސް، ލޫކާ މިހާރު ކުޅެނީ އަލްޖީރިއާ އަށެވެ.
އުމުރުން 27 އަހަރުގައި ގައުމީ ޓީމު ބަދަލުކުރި ލޫކާއަކީ މިހާރު އަލްޖީރިއާގެ އެއްވަނަ ގޯލްކީޕަރެވެ. ރޭ ސޫދާނާ ދެކޮޅަށް ކުޅުނު މެޗުގައި ލޫކާ ކުޅެފައިވާ އިރު، ޒައިނައްދީން ޒިދާން ވަނީ މެޗު ބަލަން ގޮސްފައެވެ.
"އަލްޖީރިއާ ދޭތެރޭ ވިސްނާލިޔަސް އަހަރެން ހަނދާން ވަނީ ކާފަ. އެންމެ ކުޑައިރުން ފެށިގެން ގޮސްވެސް އަލްޖީރިއާގެ ސަގާފަތް އޮންނާނެ އަހަރެން އާއިލާ ތެރޭގައި. އަހަރެން ގައުމީ ޓީމު ބަދަލުކުރުމުގެ ކުރިން ކާފައާ ވާހަކަވެސް ދެއްކިން. އެހެން ބުނީމަ އަހަރެން ގާތު ބުނި އެކަމަށްޓަކައި ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް،" ލޫކާ ބުންޏެވެ.
ލޫކާ ބުނީ ކާފަގެ އެދުމަށް ގައުމީ ޓީމު ބަދަލުކުރި ނަމަވެސް، ބައްޕަވެސް އެކަމަށް ހިތްވަރު ދީ، އެ ނިންމުމަށް އާނބަސް ބުނި ކަމަށެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން