ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން ބުނެފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށްފަހު ޝަމްއާން މިއަދު ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ޝަމްއާން ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ޕީޖީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި, ބިދޭސީން ހިމެނޭގޮތުން މައިގަނޑު ހެކިންގެ ހެކިބަސް މިއަދާ ހަމައަށް ނަގައި ނިމިފައިވާ ކަމަށެވެ.
"އެހެންކަމުން، މުހައްމަދު ޝަމްއާން ވަހީދު ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވިދާނެކަމަށް މި އޮފީހަށް ފެންނާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުހައްމަދު ޝަމްއާން ވަހީދު ޝަރުތުކޮށްފައި ބަންދުން ދޫކޮށްދެއްވުމަށް މިއަދު ކްރިމިނަލް ކޯޓުގައި އެދިފައިވާނެއެވެ..،" ޕީޖީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އާއިޝަތު މާހާ
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް