އަންނަ އަހަރު ރާއްޖޭގެ އިގުތިސޯދު ކުރިއަރާނީ 3.9 ޕަސެންޓަށް ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
މި އަހަރު އިގުތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 4.2 ޕަސެންޓަށެވެ.
ވޯލްޑް ބޭންކްގެ އެންމެ ފަހުގެ އިގުތިސޯދީ އަޕްޑޭޓުގައިވާ ގޮތުން ރާއްޖޭގެ އިގުތިސާދު ކުރިއަރާ މިންވަރު ދަށްވާ އެންމެ ބޮޑު އެއް ސަބަބަކީ، ޓޫރިޒަމް ދާއިރާ ފަދަ ސާވިސް އިންޑަސްޓްރީތައް ފިޔަވައި އެހެން ގިނަ ދާއިރާތައް ކުރިއަރާ މިންވަރު ދަށްވުމެވެ.
އަންނަ އަހަރު ރާއްޖޭގެ އިގުތިސޯދު 3.9 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ އިރު، ފިނޭންސް މިނިސްޓްރީން ބަޖެޓު ފޮތުގައި ލަފާކޮށްފައިވަނީ 5.3 ޕަސެންޓަށް އިގުތިސޯދު ކުރިއަރާނެ ކަމަށެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން އަންނަ އަހަރު ހުންނާނީ 4.2 ޕަސެންޓުގައެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ޑެފިސިޓް، އުފެއްދުންތެރިކަމުގެ ނިސްބަތުން 13 ޕަސެންޓުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަލީ ޔާމިން
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު