ފީތައް ނުދައްކާ އޮތަސް ނައްތާލާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކޮށްދޭ ގޮތަށް ގަވައިދު ބަދަލުކޮށްފިއެވެ.
ކުރިން އޮންނަނީ ބާވެ ހަލާކުވުމުން ނައްތާލަން ބޭނުންވާ ވެހިކަލްތަކަށް ދައްކަން ޖެހޭ ފީތައް ނުދައްކާ އޮއްވައި ރަޖިސްޓްރީ ބާތިލުނުކޮށްދޭ ގޮތަށެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ނައްތާލަން ބޭނުންވާ އުޅަނދުތަކުގެ އަހަރީ ފީ އާއި ޖޫރިމަނާ ނުދައްކާ އޮތް ނަމަަވެސް އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެއީ ރަޖިސްޓްރީ ބާތިލުކުރުމާއި އުޅަނދުތައް ނައްތާލުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށްްވެސް ބުނެފައިވެއެވެ.
ނަމަވެސް، ރަޖިސްޓްރީ ބާތިލުކުރުމާ ހަމައަށް ދައްކަން ހުރި ފީތަކާއި ޖޫރިމަނާތަކަކީ ވެހިކަލްގެ ވެރިފަރާތުން ދައުލަތަށް ދައްކަން އޮތް ފައިސާގެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ