މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ދެނަގަތުމަށް ސާވޭއެއް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ ސާވޭން ލިބޭ މައުލޫމާތުގެ އަލީގައި އެ ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.

އެ ސާވޭގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކް މެދުވެރިކޮށް އެމްޓީސީސީން ދެމުންދާ ހިދުމަތްތަކާ މެދު ކަސްޓަމަރުން ހިތްހަމަޖެހޭ މިންވަރާއި، އިތުބާރު ކުރާ މިންވަރާއި، ހިދުމަތުގެ ހަލުވިމިނާއި، ކަސްޓަމާ ސަޕޯޓް އަދި މުއާމަލާތްކުރުން ވަޒަންކުރެވޭނެ ކަމަށެވެ.

އެމްޓީސީސީގެ އެ ސާވޭގައި އޮންލައިން ފޯމް މެދުވެރިކޮށް ފުރައިގެން ބައިވެރިވެވޭނެއެވެ.

އެމްޓީސީސީން އަންނަނީ މާލެ އާއި އަތޮޅުތެރޭގައި ފެރީ އަދި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަމުންނެވެ.