ކޮމަންވެލްތު ހޭންޑްބޯލް އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ނައިބު ރައީސްގެ މަގާމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) އިންތިހާބުވެވަޑައިގެންފިއެވެ.
މުޖުތަބާ އެމަގާމަށް އިންތިހާބު ކޮށްފައި ވަނީ މީގެ ދެދުވަސް ކުރިން މިސްރުގައި ކުރިއަށް ދިޔަ، ކޮމަންވެލްތު ހޭންޑްބޯލް އެސޯސިއޭޝަންގެ އިންތިހާބުގައެވެ. މުޖުތަބާއާއެކު އެ މަގާމަށް ވާދަކޮށްފައި ވަނީ އިންޑިއާގެ އަނަދޭޝްވަރު ޕެންޑީއެވެ.
މުޖުތަބާއަކީ ރާއްޖޭގެ ހޭންޑްބޯޅައަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް ކަމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް މުޖުތަބާ އަދާކުރައްވާފައިވެއެވެ. އެގޮތުން ހޭންޑްބޯލް މޯލްޑިވްސްއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދިނުމަށް ކުޅިވަރުގެ ޤައުމީ ކައުންސިލުން 2015 ގައި ނިންމި އިރުވެސް އެސޯސިއޭޝަން ޖެނެރަލް ސެކްރެޓަރީ އަކަށް ހުރީ މުޖުތަބާއެވެ.
މުޖުތަބާ ވަނީ ބައިނަލްއަގުވާމީ ހޭންބޯޅަ އިދާރާތަކާވެސް ރާއްޖެއާ ގުޅުން ބަދަހިކޮށްދީފައެވެ. ހާއްސަކޮށް ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓް ކުރުމަށްވެސް ރާއްޖެއަށް ފުރުސަތު ފަހިކުރުމުގައި މަސައްކަތްތައް ކުރައްވާފައިވެއެވެ. އެގޮތުން ދާދިފަހުން ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތުގެ ބީޗް ހޭންޑްބޯޅަ މުބާރާތްވެސް ކާމިޔާބުކަމާއެކު ހޯސްޓް ކުރަންވެސް މުޖުތަބާ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް