ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިދިޔަ އަހަރު 229 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ނިންމައިލީ ބޮޑު ގެއްލުމެއްގައެވެ. އެގޮތުން ހަތަރު ކުއާޓަރުވެސް ގެއްލުމުގައި ހިންގި އިރު، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަހު ކުއާޓަރުގައެވެ. އެއީ 70.4 މިލިއަން ރުފިޔާގެ ގެއްލުމެވެ.
އާރްޑީސީގެ ގެއްލުން (2024)
- ފުރަތަމަ ކުއާޓަރު: 39.35 މިލިއަން ރުފިޔާ
- ދެ ވަނަ ކުއާޓަރު: 54.43 މިލިއަން ރުފިޔާ
- ތިން ވަނަ ކުއާޓަރު: 64.12 މިލިއަން ރުފިޔާ
- ހަތަރު ވަނަ ކުއާޓަރު: 70.74 މިލިއަން ރުފިޔާ
އާރްޑީސީގެ ގެއްލުން މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 22 ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން އާރްޑީސީ އަށް 2023 ވަނަ އަހަރު ވަނީ 188 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.
މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ގެއްލުމުގައި ހިންގި ނަމަވެސް 2022 ވަނަ އަހަރު އެ ކުންފުނިން ވަނީ 34 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފައެވެ.
ޕީސީބީގެ ތަފާސްހިސާބުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އެ ކުންފުންޏަށް ވަނީ ބޮޑުތަކުން ގެއްލުންވެފައެވެ. އެގޮތުން އެ ކުއާޓަރުގައި ވެސް އެކުންފުންޏަށް 114 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
ގެއްލުން އިތުރުވި އިރު އެ ކުންފުނީގެ ހަރަދު ވެސް އެ ކުއާޓާގައި ވަނީ އިތުރުވެފަ އެވެ.
އާރްޑީސީ ކުންފުންޏަށް މިދިޔަ ދެ އަހަރު ގެއްލުންވެފައިވާ އިރު އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއން އަންނަނީ ބަލަމުންނެވެ.
އަލީ ޔާމިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން