ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ހިރިލަންދޫ، ދިލާސާގެ މުހައްމަދު ނަވާޒް (25އ) އެވެ.

ފުލުހުން މިއަދު ބުނީ މުހައްމަދު ނަވާޒް ހައްޔަރުކޮށްފައިވަނީ މިއަދު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި ވަންދޫ ބަނދަރު މަތިން ކަމަށް ފުލުހުން ބުންޏެވެ.

"މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު ނަވާޒް އަކީ ފުލުހެކެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު މުހައްމަދު ނަވާޒް ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު ނަވާޒް އާއި އޭނާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު އޭނާ އަތުގައި އޮތް ބެއާއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.