އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނީގެ ވިޔަފާރި ސެގްމެންޓްތަކުގެ އައުޓްލެޓް ތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ވަރަށް ހާއްސަ ސޭލްއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި އޭގެ އިތުރުން، މި ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރި ކުރާ ދެ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ހަމަ ޖެހިފައިވެއެވެ.
އެ ހަރަކާތް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.
އޭގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވެސް ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕީޕަލްސް ޗޮއިސުން މިއަދު ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ފިލިޕްސް ސައުންޑް ބާ އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތްތަނުގައި ވެސް އެސްޓީއޯއިން އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭ ގޮތަށް އެކި ހަރަކާތްކަށް ހިންގުމަށް ވަނީ ރާވާފައި ކަމަށެވެ. މި ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އާންމު ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި އަހަރުގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެންމެ ހާއްސަ އެއް ހަރަކާތަކީ އެސްޓީއޯއިން ކުރިއަށް ގެންދާ 'ސްކެވެންޖާ ހަންޓް' އެވެ.
އެގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްގައި އާންމުކުރާ އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ އައުޓްލެޓްތަކުގައި (އެސްޓީއޯ ޕީޕަލްސް ޗޮއިސް، މާލޭ މަކިޓާ ޝޯރޫމް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރު) ފޮރުވިފައިވާ 'ހިންޓް' ތައް ބޭނުން ކޮށްގެން އަރަތެއް ފުރިހަމަ ކުރާ ފުރަތަމަ ފަރާތައް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ ވަރަށް ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ