އުރީދޫ ފަން ރަންގެ ބައިވެރިންނަށް އުރީދޫ މޯލްޑިވްސް އިން "ލަކީޑްރޯ" އެއް ބާއްވައިފިއެވެ.
އުރީދޫން ބުނި ގޮތުގައި ފަން ރަންގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް އޮޓަމެޓިކުން ނަސީބު ގުރުއަތުލުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން ނަސީބުވެރި ތިން ފަރާތަކަށް އިތުރު ސްރީލަންކާގެ ކޮލަމްބޯއަށް ފިޓްސް އެއާއިން ދެކޮޅު ޓިކެޓު ލިބޭނެއެވެ.
މީގެ އިތުރުން ނަސީބުވެރި ފަރާތްތަކަށް ބޫޓްރޫމްގެ ފަރާތުން ހާއްސަ ގިފްޓް ހެމްޕަރެއް ލިބޭނެއެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓްވެސް ހިމެނެއެވެ.
މި ލަކީޑްރޯ ލައިވްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުންނަ އުރީދޫ ފަން ރަން ސްޓޭޖުގައި މާދަމާ ހަވީރު 5:30 އިން ފެށިގެންނެވެ.
އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްތަނަކަށް އެއްތަނަކަށް އެއްވެ، މުނިފޫހިފިލުވުމާއި މުނިފޫހިފިލުވުމާއި ހަނދާން ނެތޭ ފަދަ ތަޖުރިބާތަކެއް ކޮށްލެވޭ ހަވީރެކެވެ.
އުރީދޫ ފަން ރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އަލީ ޔާމިން

އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް