ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ސްރީ ލަންކާގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނީ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ.
މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑުގެ ހިދުމަތް ފެށި ދެ ވަނަ ގައުމެވެ.
ރާއްޖެއިން ފުރަތަމަ އައިޑީ ކާޑުގެ ހިދުމަތް ދޭން ފެށި ގައުމަކީ، ގިނަ އަދަދަކަށް ދިވެހިން ކިޔެވުމަށް ގޮސް އުޅޭ މެލޭޝިޔާގައެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ އަތޮޅެއްގައި އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފައެވެ.
އަލީ ޔާމިން
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ