"އުރީދޫ ފަން ރަން" ގައި ބައިވެރިވާ ހުރިހާ ކުޑަކުދިންނަށް ސޯސަން ފިހާރައިން ހިލޭ ޕެސްކަލް ޑްރިންކިން ޔޯގަޓް ދޭން ނިންމައިފިއެވެ.
އުރީދޫން ބުނީ ސޯސަން ފިހާރަ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިހާރު އެކަމާ ގުޅޭ ޕާޓްނާޝިޕެއް ހަދާފައިވާ ކަމަށެވެ. އެ ޕާޓްނާޝިޕްގެ ދަށުން ފަންރަންގައި ބައިވެރިވާ ހުރިހާ ކުޑަކުދިންނަށް ހިލޭ ޕެސްކަލް ޑްރިންކިން ޔޯގަޓް ބަހާނެ ކަމަށެވެ.
ޕާސްކުއަލް ޔޯގަޓް ޑްރިންކް 188 އެމްއެލްއަކީ ބޯން ފަސޭހަ އަދި ރެޑީ ޓު ޑްރިންކް ފުޅިއެއްގައި ޔޯގަޓް އަޅާފައި ހުންނަ ބުއިމެކެވެ. މިއީ ޔޫރަޕްގެ މަޝްހޫރު ޕަސްކުއަލް ކިރުން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. މި ބުއިމުގެ ތިން ފްލޭވާއެއް ހިމެނެއެވެ. އެއީ ޕްލެއިން، ބަނާނާ އަދި ސްޓްރޯބެރީ ފްލޭވާ އެވެ.
އުރީދޫ ފަން ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރެއް މާދަމާ ހަވީރު 4 އިން 6 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ. ފަން ރަން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.
އާއިޝަތު މާހާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް