ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން ބުނީ، މިގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާ ގުޅޭގޮތުން މިމަހުގެ ދިހަވަނަ ދުވަހު ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާއިން ކަމަށެވެ.
ބޯޑުން ނިންމާފައިވާ މުހިންމު ނިންމުންތައް:
- ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން (ވަކި "Independent" ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައި) އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށާއި އެ ގޮތަށް އެކުލަވާލެވިފައިނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުން.
- އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދައި، އެ ފަންކްޝަނަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރުކުރުމަށާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައިވެސް، މެނޭޖްމަންޓް މުވައްޒަފުންނަށްވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް އެންގުން
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންގައި އެ ބޯޑާއި ހިއްސާ ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް ރިޕޯޓު ހިއްސާކުރާގޮތަށް ގައިޑްލައިން އިސްލާހުކޮށްފައިވާތީ، މި ބަދަލާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ކުންފުނީގެ އިންޓަނަލް އޮޑިޓަށް، ޕްރޮކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް ގަވައިދުން ހިއްސާ ކުރުމަށް އެންގުން.
- ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާލީ ފައިނޭންޝަލް ރިޕޯޓާއި އަދި އެއާ ގުޅޭ ލިޔެކިޔެންތައް، ބޯޑަށް ހިއްސާކުރާއިރު ކުންފުނީގެ އިންޓާނަލް އޮޑިޓަށްވެސް ހިއްސާކުރުމަށް އެންގުން.
- ބޯޑުން ހިއްސާކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން 'އޮޑިޓް އަދި ރިސްކް ކޮމިޓީ'ގެ ނަމަށް ބަދަލުކޮށްފައިވާކަން ކަށަވަރުކުރުމާއި އެގޮތަށް އަމަލު ކޮށްފައިނުވާނަމަ ވީ އެންމެ އަވަހަކަށް މި ބަދަލު ގެނައުމަށް އެންގުން. (ބޮޑެތި ކުންފުނިތަކުގެ ބޯޑުގައި ރިސްކާ ގުޅޭ ވަކި ކޮމިޓީއެއް، ހިއްސާދާރުގެ ހުއްދައާއެކު އެކުލަވާލެވިދާނެއެވެ.)
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ބޯޑުން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާވަރު ދެނެގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާބެހޭ ބޯޑުގެ ކޮމިޓީއަށް ކުންފުނީގެ އިންޓާނަލް އޮޑިޓުން ހުށަހަޅައި، އިސްލާހުކުރަންޖެހޭ ކަންތައްތަކާއި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމެއް ކުންފުނީގެ އެތެރޭގައި ގާއިމުކުރުމަށް އެންގުން،
ޕީސީބީން ވަނީ، އެކަންކަމުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް އަންގައިފައެވެ.
އަލީ ޔާމިން
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
އަތަށްގޮވީމައި އެންގީމައިވާނީކިހިނެއް
އިއްބެ - 6 މަސް ކުރިން