އޮސްޓްރޭލިއާގައި ދިން ބަޑީގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރައިފިއެވެެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް އިއްޔެ ވަނީ އެ ހަމަލާގެ މައުލޫމާތު ހިއްސާކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި އެންތޮނީ ވަނީ އެގައުމުގެ ސިޑްނީގެ ބޮންޑީ ބީޗުގައި ދިން ހަމަލާގައި 15 މީހުން މަރުވެފައިވާކަމަށް ވިދާޅުވެފައެވެ.
އެންތޮނީ ވިދާޅުވީ ހަމަލަ ދީފައިވަނީ ދެމީހުން ކަމަށާއި އާދިއްތަ ދުވަހު ބޮންޑީ ބީޗު ސަރަހައްދަށް މީހުން އެންމެ ގިނަވި ވަގުތު އެ ދެމީހުން ހަމަލާ ދޭން ފެށި ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބަޑިޖެހުމުގައި ހަރަކާތްތެރިވި 50 އަހަރުގެ މީހާއަކީ އެގައުމުގައި ގާނޫނާ އެއްގޮތަށް ބަޑި ގެންގުޅުމުގެ ހުއްދަ އޮންނަ މީހެކެވެ. އެމީހާގެ ނަމުގައި ހަ ބަޑި ރަޖިސްޓްރީ ކޮށްފައި އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ވަނީ އެގައުމުގެ ބަޑި ގެންގުޅުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް ބަދަލު ގެންނަން ޖެހޭ ކަމަށް ފާހަގަކޮށްފައެވެ.
އޮސްޓްރޭލިއާއިން ވަނީ އެ މައްސަލަ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ބަލައި ތަހުގީގު ފަށާފައިވާ އިރު، ހަމަލާދިން ނިއު ސައުތު ވޭލްސްގެ ފުލުހުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
މުހައްމަދު އައުޒަމް
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ