ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުއާމަލާތްތަކުގައި ބޭނުންކުރާނެ ވަކި ނަންބަރުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ އިދާރާތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރު ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި އިޖުތިމާއީ އަދި އާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކެވެ. އަދި މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓް، ގައުމީ ދާރުލްއާސާރު އަދި ނޭޝަނަލް އާޓް ގެލެރީވެސް ހިމެނެއެވެ.

އަދި އެ އިދާރާތަކަށް ކަނޑައަޅާފައިވާ ނަމްބަރުތައް ރައީސް އޮފީހުގެ ވެބްސައިޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ރައީސް އޮފީހުން ބުނީ މީގެފަހުން އެ އިދާރާތަކަށް ލިޔާ ސިޓީގައި އެ ނަންބަރުތައް ބޭނުން ކުރުމަށް ރައީސް އޮފީހުން ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.