ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ، އަތުލައިގެންފައި ވަނީ ކެނަބިސް ފަތް ކަމަށެވެ.

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެންފައިވަނީ ތިން ކިލޯގެ ކެނަބިސް ފަތް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އެ ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ.