ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ މި އަހަރުގެ ބޯނަސްގެ ގޮތުގައި ދޭނެ އެންމެ ބޮޑު އަދަދަކީ 18،600 ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ.

އެޗްޑީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ބޯނަސް ދޫކުރަނީ މިއަހަރުގެ ތެރޭގައި އެ މުވައްޒަފަކު ހިދުމަތްކުރި މުއްދަތަކަށް ރިއާޔަތްކޮށްފައި ކަމަށާއި ބޯނަސް ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، 18،600 ރުފިޔާއަކީ އެންމެ ގިނައިން ލިބޭނެ މުވައްޒަފުންނަށް ޖެހޭނެ އަދަދު ކަމަށާއި ހުރިހާ މުވައްޒަފުންނަށް އެ ވަރު ނުލިބޭނެ ކަމަށެެވެ.

މިދިޔަ އަހަރު އެޗްޑީސީގެ މުވައްޒަފުންގެ އަހަރީ ބޯނަސްގެ ގޮތުގައި ކަނޑައެޅީ 10،000 ރުފިޔާއެވެ.

އެޗްޑީސީން އަންނަނީ ބޮޑެތި މަޝްރޫއުތައްވެސް މެނޭޖުކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ އެކި މަސައްކަތްތަައް ކުރަމުން އަންނައިރު، ރަސްމާލޭ މެނޭޖުކުރުމުގެ ކަންކަންވެސް ބަލަހައްޓަނީ އެ ކުންފުނިންނެވެ.