އޮސްޓްރޭލިއާގައި ބަޑިން ހަމަލާދީ 11 މީހަކު މަރާލައިފިއެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ބޮންޑި ބީޗު ސަރަހައްދުގައި އިއްޔެ ކުރިއަށްދިޔަ ޔަހޫގީންގެ އަޅުކަމެއްގެ ތެރެއަށް ބަޑިން ހަމަލާދީ 11 މީހަކު މަރާލާފައިވާ އިރު، 29 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
1000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެ އިވެންޓުގައި ބަޑިން ހަމަލާ ދިނުމުގައި ހަރަކާތްތެރިވެފައިވަނީ ދެ މީހުން ކަމަށް މިހާތަނަށް ޔަގީން ވެފައިވާ އިރު، އެތަނުން އެކަކު މަރާލާފައިވާ ކަމަށާއި އަނެއް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.
އެ މައްސަލަ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ބަލައި ތަހުގީގު ފަށާފައިވާ އިރު، ނިއު ސައުތު ވޭލްސްގެ ފުލުހުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
މުހައްމަދު އައުޒަމް
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ