ރ. ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
އެމްއޭސީއެލްއާ އެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދުވާފަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމާއި ފެންވަރު ރަނގަޅު ކުޅުންތެރިން ބިނާކުރުމަށް ގިނަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ތަރަައްގީކުރާ އެ ސްޕޯޓްސް ކޮމްޕްލެކްސްއަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީ ބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްގީކުރާ ފެސިލިޓީއެކެވެ.
ފާތިމަތު ލިއުޝާ
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު