ރ. މާކުރަތު ޕޮލިސް ސްޓޭޝަން ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.
މާކުރަތު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މާކުރަތު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފައިވަނީ މިއަހަރުގެ އެޕްރީލް 9 ގައެވެ.
ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރީ 21 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ހެދުމުގެ މަސައްކަތެވެ.
ރާއްޖޭގެ 46 ރަށެއްގައި ޕޮލިސް ސްޓޭޝަން ނެތްކަން މި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ރައްޔިތުން އެދޭގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ވެސް ވަނީ ފަށައިފައެވެ.
ފާތިމަތު ލިއުޝާ
ރ. މާކުރަތު
ރ. މާކުރަތު
ރ. މާކުރަތު
ރ. މާކުރަތު