ފުއްޕާމެޔަށް ޑީސަލް އެޅިގެން ވެމްކޯގެ މުވައްޒަފަކަށް އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ވެމްކޯގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ ގއ. ދިޔަދޫގައި ހުންނަ ވެމްކޯގެ ސައިޓުގައި ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ޖަނަރޭޓަރަކަށް ޑީސަލް އަޅަން، ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން އަނގައަށް ޑީސަލް އެޅި، އެ ޑީސަލް ބޮވިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ މުވައްޒަފު އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ގއ. ވިިލިނގިލި ހޮސްޕިޓަލަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މުވައްޒަފަށް އިތުރު ފަރުވާދެވެން ނެތުމުން މާލެއަށް ފޮނުވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި އެ މުވައްޒަފަށް މިހާރު ފަރުވާދެމުންދާ އިރު، މުވައްޒަފުގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ ނޭވާލުމަށް އުނދަގޫވާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ވެމްކޯ
ވެމްކޯ