ޖަޕާނަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޖަޕާނުގެ އިރު އުތުރު ސަރަހައްދަށް އިއްޔެ ވަނީ 6.9 މެގްނިޓިއުޑެގް ބާރުގަދަ ބިންހެލުމެއް އައިސް، ސުނާމީއެއް ވެސް އަރައިފައެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ގައުމަށް އިއްޔެ އައި ބާދުގަދަ ބިންހެލުމާއެކު އުތުރު ސަރަހައްދުގެ ހޮއްކައިޑޯގެ އެރިމޯއަށް 20 ސެންޓިމީޓަރުގެ ދެ ރާޅު އަރާފައިވާ ކަމަށް ބުނެފައެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ހޮއްކައިޑޯގެ އޮމޯރީ ސަރަހައްދަށް ވެސް ސުނާމީގެ އަސަރު ކޮށްފައިވާ ކަމަށެވެ.
ޖަޕާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުން އައީ އައްސޭރިފަށާ ދިމާލުން ކަނޑުގެ އަޑިން 20 ކިލޯމީޓަރުގެ އަޑިން ކަމަށާއި ބިންހެލުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރެކޯޑު ކުރެވިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޖަޕާނަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު އައި 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމުގެ ހޮއްކައިޑޯ ސަރަހައްދުން 50 މީހަކަށް އަނިޔާވެ، ބައެއް އިމާރާތްތަކަށް ވަނީ ގެއްލުން ވެފައެވެ.
މުހައްމަދު އައުޒަމް
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން