ޕްރާޑާއިން އިންޑިއާއަށް ހާއްސަ ފައިވާނެއް ބާޒާރަށް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.
ބައިނަލްއަގުވާމީ މަޝްހޫރު ފެޝަން ބްރޭންޑް ފްރާޑާ އިން ވަނީ އިންޑިއާއަށް ހާއްސަ ލިމިޓެޑް އެޑިޝަނެއްގެ ފައިވާނެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފައިވާން ޑިޒައިން ކޮށްފައިވަނީ އިންޑިއާގެ ''ކޮޅަޕޫރީ ފައިވާން'' އަސްލަކަށް ބަލައިގެން ކަމަށް ބުނެފައެވެ.
ޕްރާޑާއިން ވަނީ އިންޑިއާގެ މަހާރަޝްތަރާ އާއި ކަރްނާޓަކާގައި އެ ބްރޭންޑުގެ 2000 ފައިވާން އުފައްދައި ބާޒާރަށް ނެރުމަށް ނިންމާފައިވާކަމަށް ހާމަކޮށްފައެވެ.
ޕްރާޑާގެ ހެޑް އޮފް ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ލޮރެންޒޯ ބާޓެއްލީ ވަނީ އެ ކުންފުނިން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަސްލު ފައިވާނުގެ ޑިޒައިނަށް ބަލައި އެކުންފުނީގެ ކޮލިޓީ ނުގެއްލޭނެ ފައިވާނެއް ކަމަށް ބުނެފައެެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާޒާރަށް ނެރުމަށް ނިންމާފައިވާ އެ ފައިވާން އޮންލައިންކޮށް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޕްރާޑާގެ 40 ފިހާރައަކުން ވިއްކާނެ ކަަމަށް އެ ކުންފުނިން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ޕްރާޑާއިން އިންޑިއާއަށް އުފައްދާ ހާއްސަ ފައިވާން ވިއްކުމަށް ހަމަޖެހިފައިވަނީ 939 އެމެރިކާ ޑޮލަރަށެވެ. އެއީ އިންޑިއާ ރުޕީސް އިން ނަމަ 84،000 ރުޕީސް އެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ