މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޮރެންޖު އެލާޓު ނެރެފިއެވެ.
އެޗްޕީއޭއިން އިއްޔެ ބުނީ ނުރައްކާތެރި މިންވަރަަށް ވައި ނުސާފުވެފައިވާތީ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް ބޮޑު ކަމަށެެވެ. އެފަދަ މީހުން ބޭރުގައި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން އެޗްޕީއޭއިން ވަނީ އެދިފައެވެ.
އަދި އެފަދަ ހާލަތުގައި ތިބި މީހުން ބޭރަށް ދާނަމަ އެން95 މާސް ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. މީގެ އިތުރުން ގޭގެ ދޮރުތައް ލައްޕަން އަދި އެއާ ޕިއުރިފަޔާ ބޭނުން ކުރަން އެޗްޕީއޭއިން ވަނީ އެދިފައެވެ.
ވައިގެ ކޮލެޓީގެ މައުލޫމާތު ފެންނަ "އައިކިއު އެއާ" ގައިވާ ގޮތުން "ފައިން ޕާޓިކިއުލޭޓް މެޓާ" ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42 މައިކްރޯ ގްރާމްގައެވެ. އެއީ އޮރެންޖު އެލާޓު ހިމެނޭ ލެވެލްއެވެ.
އެ ހާލަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މިހާރަަށް ވުރެ ގޯސްވާނެ ކަމަށް އައިކިއުއިން ލަފާކޮށްފައިވެއެވެ.
މުހައްމަދު އިޝާން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
އޭރުން ރަނގަޅުހުރިހައިކަމެއްދޫކޮށް ނުބައިކިޔުނުހުރިހައިކަމެއްވެރިންނާރައްޔިތުންކުރަންވީ
އިއްބެ - 6 މަސް ކުރިން