ބަންގްލަދޭޝްގެ އާންމު އިންތިހާބު ފެބްރުއަރީ 12 އަށް ތައާވަލްކޮށްފިއެވެ.

ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ އެގައުމުގެ އާންމު އިންތިހާބު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތައާވަލް ކޮށްފައިވާކަމަށް އިއުލާން ކޮށްފައެވެ.

ބަންގްލަދޭޝްގެ ކުރީގެ ސަރުކާރު ވެއްޓި ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ 2024 ވަނަ އަހަރު ގައުމު ދޫކުރައްވައި ފިއްލެވިފަހުން އެގައުމުގެ ސަރުކާރު އެކުލަވާލުމަށް ބާއްވާ ފުރަތަމަ އިންތިހާބަށް މިހާރު ވަނީ ކެމްޕޭނު ފަށައިފައެވެ.

170 މިލިއަން އާބާދީ އޮންނަ ބަންގްލަދޭޝްގެ ކުރީގެ ސަރުކާރު ވެއްޓުމަށް ފަހު ގައުމުގައި ސިޔާސީ ހަމަނުޖެހުން ވަނީ އިތުރުވެފައެވެ.

ބަންގްލަދޭޝްގެ ކުރީގެ ސަރުކާރު ވައްޓާލުމުގެ ފަހަތުގައިވާ އެގައުުމުގެ ޒުވާނުންގެ ރުހުމާއެކު ވަގުތީ ސަރުކާރާ ހަވާލުކޮށްފައިވަނީ އެގައުމުގެ ސިޔާސީ ނުފޫޒުގަދަ މުހައްމަދު ޔޫނުސް އާއެވެ.

އިންތިހާބުގެ ކެމްޕޭނު ކުރިޔަށް ދާއިރު އެގައުމުގެ އަންނަން އޮތް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ ނިސްބަތްވާ ބަންގްލަދޭޝް ނެޝަނަލިސްޓު ޕާޓީއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.