އައިޖީއެމްއެޗްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގެ ބަންދު މަޖިލީހުން ނެރުނު އަމުރުގައި ވަނީ ހޮސްޕިޓަލުގެ ނާސިން ސްޓޭޝަނަކަށް ވަދެ، އެތަނުން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެއްސެއް ކަމަށެވެ. އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.
ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
އަދި ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް