ދިރާގުގެ މިއަހަރުގެ ކަލަންޑަރުގެ ޑިސެމްބަރު މަސް ދިވެހި މަސްވެރިކަމަށާއި ދިވެހިންނާއި ކަނޑާ އޮންނަ ގާތް ގުޅުމުގެ މައްޗަށް ހާއްސަކޮށްފިއެވެ.
ކަލަންޑަރުގެ ޑިސެމްބަރު މަސް ދިވެހި މަސްވެރިކަމަށާއި ދިވެހިންނާއި ކަނޑާ އޮންނަ ގާތް ގުޅުމުގެ މައްޗަށް ހާއްސަކޮށް، އެކަމުގެ މައްޗަށް ބިނާކޮށް ދިރާގުން ވަނީ ހާއްސަ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ.
އެ ވީޑިއޯގެ ޒަރިއްޔާއިން ކަނޑު މަހާއި ދިވެހިންނާ އޮންނަ ގުޅުމާ ގުޅޭގޮތުން ޝައުގުވެރިކުރުވާ ކަހަލަ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، ހަމައެކަނި ފަރުމަހަށް ބަރޯސާނުވެ، މާ ކަނޑަށް ނުކުމެ އަމިއްލަ އުޅަނދު ފަހަރު ބަނދެ އެންމެ ބާރު ދުވެލީގެ މަހުގެ ބާވަތެއް ކަމުގައިވާ ކަނޑުމަސް ބޭނެން ފެށުނީ ދިވެހި ކާބަފައިންގެ އަޒުމާއި ހިތްވަރުގެ ސަބަބުން ކަމުގައި އެ ވީޑިއޯގައި ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން ދޮށި އަޅައިގެން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގައި ކުރަންމުންދާ މަސްވެރިކަމުގެ ތެރެއިން އާންމުކޮށް ބާނާ ވައްތަރުތަކުގެ މައުލޫމާތު ވެސް އެ ވީޑިއޯގެ ޒަރިއްޔާއިން އެންގިގެންދެއެވެ.
ދިރާގުގެ "މިނިވަންކަން މަތީ އަބަދަށް" 2025ގެ ކަލަންޑަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ. އެގޮތުން، އެ ކަލަންޑަރުގެ ކޮންމެ މަހެއް ވެސް ހާއްސަކޮށްފައިވަނީ ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނަކަށެވެ.
ދިރާގުން ދަނީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް މުހިންމު އިސްކަމެއްދީގެން އެފަދަ ކަންކަމަށް އާންމުން ޝައުގުވެރިކުރުމަށް މަސައްކަތްކުރަމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު