ނޭވާލާ ނިޒާމުގެ ބަލިތައް ތަހަައްމަލުކުރާ މީހުންް ސަމާލުކަން ދޭންޖެހޭ މިންވަރަށް މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވައި ނުސާފު ކަމަށް، އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.
"އައިކިއު އެއާ" ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި ރާއްޖޭގެ ވައިގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް 2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގަ އެވެ.
އެއީ ރައްކާތެރިކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ 8.3 މަތީ މިންވަރެކެވެ.
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 8.3 ގުނަ މަތީ މިންވަރެކެވެ.
އައިކިއުއެއާ އިން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށްވުރެ ބޮޑަށް ވައި ނުސާފުވާނެއެވެ.
މިއަދު މާލެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ފުސްވެ ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައެވެ.
ރާއްޖޭގެ ވައި ނުސާފުވަނީ "ހިމާލަޔާސް" އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީއެވެ.
އަލީ ޔާމިން
މާލެ
މާލެ
މާލެ
މާލެ